ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް، ސަމާލުވުމަށް އެދިއްޖެ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އީދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވިގޮތުގައި، މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދު ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިބާރުވާނެ ކަމަށާއި، އެހެންވެ އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށް ބުނެފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ