ރައީސް ޢަބްދުﷲ ޔާމިންގެ މަންދޫބެއްގެ ޙައިސިއްޔަތުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޖަލަށް ވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާ ބައްދަލުކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރ ޖަލަށް ވަޑައިގެން އިއްޔަ ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް މައުމޫނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއިވެސް ބައްދަލުކުރައްވައިފައެވެ.
އަދި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ ވަނީ ދެ ބޭފުޅުންގެ ސިއްޙީ ހާލުކޮޅު ހުރިގޮތް ބައްލަވާލައްވާފައެވެ.
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި މި ދެ ބޭފުޅުން ހައްޔަރުކޮށްފައިވާއިރު މި ދެ ބޭފުޅުންގެ މައްޗަށް ދައިލަތުން ވަނީ ބޮޑެތި ދައުވާތަކެއް އުފުލާފައެވެ.
ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓަރ މައުމޫން އާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ