ޓްރެވަލް ޓްރޭޑް މޯލްޑިވްސްއިން ބާއްވަން ނިންމާފައިވާ ހޮޓެލިއާ ސަމިޓްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވަޑައިގަންނަވާގޮތަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ އިވެންޓް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން މައުލޫމާތުދޭ ގޮތުގައި މި ސަމިޓަކީ ޓީޓީއެމް ގެ ކިކް އޮފް އިވެންޓެއްގެ ގޮތުގައި ބާއްވަން ނިންމާފައިވާ ސަމިޓެއްކަމަށެވެ.
މާދަމާ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވުމަށް ހަމަޖެހިފައިވާ، މި ސަމިޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 100 ފަރާތަކުން ބައިވެރިވާނެ ކަމަށް ގެޓަވޭސް އިން ހާމަކުރެއެވެ.
މި ސަމިޓާ ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މި ސަމިޓަކީ ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން އެއްތަނަކަށް އެއްވެ، ނެޓްވޯކިން އަށް ދެވޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
މި ސަމިޓު ކުރިޔަށް ގެބްދިއުމަށް ހަމަޖެހިފައިވަނީ ނެޓްވޯކިން ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަންތަކާ އެކުގައެވެ.
އަދި ސްޕީކަރުންގެ ގޮތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތުއާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހުމަދު ނަޒީރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ހޮޓެލިއާ ސަމިޓް 2018 ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ