19 ވަނަ ރައްޔިތުންގެ މަޖުލީހަށް ނިލަންދޫ
ދާއިރާއިން އިންތިޚާބުވެވަޑައިގެންނެވި މެމްބަރ ޢަބްދުލް މުޙުސިން ޙަމީދު މެމްބަރު
ކަމުގެ ހުވާ ކުރައްވައިފި އެވެ.
އެމަނިކުފާނު މެމްބަރު ކަމުގެ ހުވާ ކުރެއްވީ 19
ވަނަ ރައްޔިތުންގެ މަޖުލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވުމަށް މެއި
28 ވަނަ ދުވަހުގެރޭ ބޭއްވި މަޖުލީހުގެ ޚާއްޞަ ޖަލްސާގައި އެވެ.
މުޙުސިން 19 ވަނަ މަޖުލީހުގެ ނިލަންދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވީ
ކުރީގެ މެމްބަރ ޑރ.ޚަލީލު އާއި ވާދަކުރައްވައި އެވެ. ޢާއިލީ ގޮތުން ގުޅުންބޮޑު މި
ދެ ބޭފުޅުން ވާދަކުރައްވާ މުޙުސިން ކުރި ހޯއްދެވީ 26 ވޯޓުގެ ތަފާތުންނެވެ.
މުޙުސިންވަނީ މީގެ ކުރިން 17 ވަނަ މަޖުލީހުގެ
މެމްބަރުކަން ވެސް ކުރައްވާފައި އެވެ. 18 ވަނަ މަޖުލީހަށް ޑރ.ޚަލީލު އިންތިޚާބުވެވަޑައިގެންނެވީ
މުޙުސިންއާއި ވާދަކޮށް 3 ވޯޓުގެ ތަފާތުން ކުރި ހޯއްދަވައިގެންނެވެ.
މެމްބަރު މުޙިސިން އަށް ނިލަންދެ.ކޮމް ޓީމުގެ
ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އަދި ޑރ.ޚަލީލު އެކޭ އެއްގޮތަށް
މެމްބަރު މުޙުސިންއަކީ މަޖުލީހުގައި ޙަރަކާތްތެރި، ދާއިރާގެ ކުރިއެރުމާއި
ތަރައްޤީއަށް ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ގޮތުންވެސް މަސައްކަތް ކުރައްވާނެ
ބޭފުޅަކަށްވާނެ ކަމަށް އުއްމީދު ކުރަމެވެ.
މުޙުސިން މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ