ބޮޑު ތަފާތަކުން މިފަހަރު ވެސް ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ ރޮޒޭ- ސަޕޯޓަރުން

އައްޑޫމީދޫ ދާއިރާގެ މަޖިލިސް ގޮނޑި މިފަހަރުވެސް ބޮޑޫ ތަފާތަކުން ރޮޒެއިނާ އާދަމް އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރޮޒެއިނާގެ ސަޕޯޓަރުން ބުނެފިއެވެ.
އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިންތިޚާބު ބޯމަތި ވެފައި ވާއިރު ސަޕޯޓަރުން ބުނީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ ސަރުކާރުގެ ކެންޑިޑޭޓް ކަމަށާއި އެޖެންޑާ 19 ކަށަވަރު ވެފައިވާ ކަަމަށެވެ.
"ވޭތުވެ ދިޔަ 5 އަހަރު ކުރީ ކޮންކަމެއްހޭ އިދިކޮޅު ފަރާތްތަކުން ބުނާއިރު އިދކޮޅު މެމްބަރެއްގެ ގޮތުގައި ދާއިރާއަށް ދިމާވެފައިވާ ކޮންމެ މައްސަލައެއްގައި ސަރުކާރު ޖަވާބުދާރީކޮށް އެމައްސަލައެއް ހައްލު ކުރުމަށް ވާނީ މަސައްކަތް ކޮށްފައި. ސަރުކާރުގެ ކެންޑިޑޭޓް ނޫން ވީމާ ސަރުކާރުން ކަންތައްތައް ކޮށް ނުދިނުން އެއީ މެމްބަރުގެ މައްސަލައެއް ނޫން. ވޭތުވެދިޔަ 5 އަހަރު މަޖިލިހުގައި އެންމެ ގިނަ އިން އިވިފައި ހުންނާނީ އަޅުގަނޑުގެ ދާއިރާގެ އަޑު. މިފަހަރު މިދަނީ ސަރުކާރު ކެންޑިޑޭޓްގެ ގޮތުގައި. މި ފަސް އަހަރު ވެގެންދާނީ އައްޑޫ މީދޫ ދާއިރާގެ ގަދަ ފަސް އަހަރުގެ ގޮތުގައި" ރޮޒޭ ވިދާޅުވިއެވެ.
" އައްޑޫސިޓީ ތަރައްގީކޮށް ، އައްޑޫގެ އެއަރޕޯޓް ތަރައްގީކޮށް ގެސްޓްހައުސް ވިޔަފާރިތައް ތަރައްގީކޮށް ރަށުން ބޭރުގައި މިހާރުވެސް ދިރިއުޅެމުން އަންނަ މީހުން އަބުރާ ރަށަށް ގެނެސް މީދޫ ދާއިރާއަކީވެސް ރަށްޔިތުންނަށް އުފާފާގަތިކަމާއެކީގައި އުޅެވޭނެ ތަނަކަށް ހަދާ ދިނުމަށްޓަކައި އެޖެންޑާ 19 ގެ ތެރެއިން މަސައްކަތް ކުރެވޭނެ ކެންޑިޑޭޓަކީ ހަމަ ރޮޒޭ" ރޮޒޭގެ ސަޕޯޓަރަކު ބުންޏެވެ.
ރޮޒެއިނާގެ އިތުރުން އެދާއިރާއަށް އިތުރު 2 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ