ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލު: ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް ތާއީދު ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި އެންމެ ފަހުގެ ނިންމާނީ އެކޯޓުން ކަމަށެވެ. އަދި ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަމާއެދު އަދި ޝަރުއްއިއްޔަތާއި މެދު ގޮތް ކަނޑައެޅުމުގެ ބާރު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމި ނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ގޮންޖަހާފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ. "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އިސްވެ އިޝާރާތްކުރެވުނު ކޯޓު އަމުރުގެ ދުސްތޫރިއްޔަތާއި ޝަރުއިއްޔަތަށް އިންކާރުކޮށް އެ އަމުރަށް ގޮން ޖަހައި ނެރެފައިވާ އަމުރެއް." ސުޕްރީމް ކޯޓުން މިއަދު އަމުރުގައި ބުނެފައިވެ އެވެ. ތަފްސީލް އަންނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ