ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލައިގައި އެ ހުރިހާ މެމްބަރުންގެ ނުވަތަ ބައެއް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާއަށް ހުކުމް ކުރަން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ އަދަދު މަދު ކުރަން ކަމަށެވެ.
"ޖަލު ހުކުމެއް އައިސްފައިވާ ގާސިމް އިބްރާހިމާއި ނިރުބަވެރި ދައުވާ ލިބޭ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަދި އިތުރު ދައުވާތަކެއްގެ ޝަރީއަތް ހިނގާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޓެރަރިޒަމްގެ ދައުވާ ލިބޭ އިލްހާމް މުހައްމަދާއި ނިރުބަވެރި ދައުވާ ލިބޭ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ނެތުމުން ހަ މެމްބަރުން މަދުވާނެ" މަހުލޫފު ވިދާޅުވިއެވެ.
12 މެމްބަރުންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. އަދި އެ މައްސަލައިގެ ހުކުމް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފެބްރުއަރީ އެއް ވަނަ ދުވަހު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށާއި އެކި ސިޔާސީ ދައުވާ އުފުލައި ޖަލު ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސްޕްރީމު ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ޖެހޭ ތަނެއް މިހާރު ނެތް ކަމަށް ބުނެ ސްޕްރީމް ކޯޓުން އެ އަމުރު މި ދިޔަ މާޗް 18 ވަނަ ދުވަހު ސްޕްރީމު ކޯޓުން ވަނީ ބާތިލު ކޮއްފައެވެ.
12 މެމްބަރުންގެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމާނެ - މަހްލޫފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ