ހަތަރު ޕާޓީއަށް މަރުހަބާ،މިއީ ބޮޑު ކާމިޔާބީއެއް: މައުމޫން

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި އިދިކޮޅު ހަތަރު ޕާޓީއަށް މަރުހަބާ ދަންނަވާ ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވެމުން ދާއިރު މާލޭގެ އެންމެ ގޮނޑިއެއް ފިޔަވައި އެހެން ހުރިހާ ގޮނޑީއެއް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. މާލޭއިން އެމްޑީޕީއަށް ގެއްލިފައިވާ ގޮނޑިއަކީ ހެންވޭރު އުތުރު ދާއިރާގެ ގޮނޑި އެވެ.  އެ ގޮނޑި އެ ޕާޓީއަށް ގެއްލުނީ، ޕާޓީން ވާދަކުރި ކެންޑިޑޭޓް ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރުމުންނެވެ. 
އިންތިޚާބުގައި ވޯޓުދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން  ރައީސް ޔާމީން ވިދާޅުވެފައިވަނީ  ލޯކަލް ކައުންސިލް އިންތިޚާބުން ރައްޔިތުންގެ ތާއީދު އޮތްގޮތް ފެނިގެން ދާނެކަމަށެވެ. އިންތިޚާބުގައި ބޮޑު މައްސަލައެއް ނޫޅޭކަމަށާއި އިލެކްޝަންސް ކަމިޝަނުން އިންތިޚާބަށް އޮތީ ދުރާލާ ތައްޔާރުވެފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ