"ތަންފީޒު" އައްޑޫ ލޮރި ބުރު މިއަދު ހަވީރު

ސުޕުރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމް ކުރާ ލޮރީ ބުރު މިއަދު ހަވީރު ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިން ފަށާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީ އައްޑޫ ދާއިރާއިން ބުނީ ހަވީރު 4 ޖަހާއިރު ފަށާ މި ލޮރީ ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭކަމަށެވެ.
މިއަދުގެ ލޮރީ ބުރުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޑީޖޭއޭގެ ވެރިޔާ ހަސަން ސައިދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން ސުޕުރީމް ކޯޓުގެ އަމުރުގައިވާ 9 ގައިދީން ދޫކޮށްލުމަށް ގޮވާލާނެއެވެ.
އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖޭގައި މިއަދު މުޒާހަރާ ކުރުމަށް ނިންމާފައިވާ އިރު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ފުލުހުން ވަނީ ރާއްޖޭގެ އެއްވެސް ސަރަަހެއްދެއްގައި އެއްވިޔަ ނުދޭނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ