ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރެމުން ދާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ޗައިނާއިން އެކި އެކި މަޝްރޫއުތަކުގެ ނަމުގައި ރާއްޖޭގައި ހިންގާ ކަންކަމުގެ ތެރެއިން ރާއްޖޭގެ ބިންތައް ފޭރެމުން ދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ދައުލަތުގެ ތެރޭގައި ސިއްރު ދައުލަތެއް އުފެދިފައި ވުމާއި އިރުމަތީގެ ބައެއް ޤައުމުތަކުން ރާއްޖޭގެ ބިންތައް ފޭރެމުން ދިއުން ކަމުގައެވެ.
އެޤައުމުތަކުން މަސައްކަތް ކުރަނީ ހުދުމުހުތާރު ވެރިން ތިބޭ ޤައުމުތަގައި ތިބޭ ވެރިންނަށް ވާގިވެރިވެ އެޤައުމުތަކުގެ ތެރެއަށް ވަނުމަށްފަހު، އެކިއެކި ޕްރޮޖެޓްތަކުގެ ނަމުގައި ބޮޑު އަގުގައި މަޝްރޫއުތައް ހިންގުން ކަމުގައެވެ. އެ މަޝްރޫއުތައް ހިންގަނީ އަނބުރާ އޭގެ އަގުވެސް ނުދެއްކޭހާ އަގުބޮޑުކޮށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެޤައުމުތަކުން ހިންގާ މަޝްރޫއުތަކުގެ އަގު ނުދެއްކި ދެން ދޫކޮށްލަން ޖެހެނީ ޤައުމުގެ އިސްތިގުލާލު ކަމުގައެވެ. އަދި އެ ދައްކަވަނީ ޗައިނާގެ ވާހަކަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ