މަގުމައްޗަށް ކުނި އެޅި 185 މީހުން މިހާތަނަށް ޖޫރިމަނާ ކޮށްފި

މާލޭގެ މަގުތަކަށް ކުނި އެޅި 185 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.މާލެ މަގުމައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށެވެ.މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަގުތަކުގައި ކުނިތައް ބެހެއްޓި މައްސަލާގައި މިހާތަނަށް އެކަކު ޑީޕޯޓު ކޮށްލުމަށް ކަމާގުޅޭ އިދާރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 180 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.އޭގެ ތެރެއިން 85 ޕަސެންޓަކީ ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެން މި ކުރާ ކަމަކީ އެގޮތަށް ގެންނަ އަންޑޮކިއުމެންޓެޑް [އެއްވެސް ލިޔެކިޔުމެއް ނެތް] ބިދޭސީން ޑީޕޯޓް ކޮށްލަނީ،" އާޒިމް ވިދާޅުވި އެވެ.މާލެ ސަރަހައްދުގައި މަގުތައް ކުނި އެޅުމުގެ މައްސަލަ ބޮޑު ވެގެން ދިޔައީ ނިމިދިޔަ ރޯދަ މަހާއި ދިމާކޮށެވެ. މަގުތަކުގައި ކުނި ގިނަ ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތަކާއި ކުރިމަތިވި އެވެ. ކުނި އަޅާ މީހުން ޖޫރިމަނާ ކުރަނީ އެކަން ކުރާ ކޮންމެ ފަހަރަކު 500 ރުފިޔާ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ