ކަރަންޓް ކެނޑުނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީކޭބަލައް ކޮނުމުގެ ތެރޭގައި ދިމާވި ގެއްލުގެއްލުމަކާއި ގުޅިގެން

ރޭ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.  މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހިމް ރައޫފް ވިދާޅުވީ ރޭ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑެން މެދުވެރިވެފައިވަނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީކޭބަލަށް ކޮނުމުގެ ތެރޭގައި ދިމާވި ގެއްލުމަކާއި ގުޅިގެންކަމަށެވެ. އަދި އެއީ އިއްޔެ މެންދުރު ދިމާވިކަމެއް ކަމަށާއި ނަމަވެސް އެކަން އެނގުނީ ފަހުންކަމަށް ރައޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާރތްގެ މައްސަލައެއް ދިމާވެ، އެކަމުގެ ސަބަބުން ޖަނަރޭޓަރުތަކަށް ގެއްލުމެއް ވެދާނެތީ އެ ކުންފުނީގެ ޖެނެރޭޓަރުތައް ހުންނާނީ ވަރަށް ބޮޑަށް ރައްކާތެރިކުރެވިފަ ކަމަށެވެ. އަދި ސަރުކާރާއި ސްޓެލްކޯގެ އަމާޒަކީވެސް ކަރަންޓް ކެނޑުނަ ނުދީ ކަސްޓަމަރުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށްވެސްރައޫފްވިދާޅުވިއެވެ.ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ބޭރު ކުންފުންޏަކާއި ވާހަކަ ދެކެވިގެން މަސައްކަތްތަކެއް ކުރެވިގެންދާކަމަށާއި، މިމަސައްކަތް ނިމުމުން އެފަދަ މައްސަލަތައް ދިމާނުވާނެކަމަށެވެ. އަދި މިފަދަ ގޮތަކަށް ކަރަންޓް ކެނޑިގެންދާއިރު، ގޭތެރޭގައި ހިފާގެންގުޅޭ ސާމާނުތަކުން ކަރަންޓް އެއްކޮށް ކަނޑާލުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.ރޭ ދިހައެއް ޖަހާ އެހާކަންހާއިރު، މާލޭގެ ބޮޑު ބަޔަކު ވަނީ އެއްކޮށް ކަރަންޓް ކެނޑިގެން ގޮސްފައެވެ. އޭގެފަހުން ކަރަންޓް އައިސްފައިވަނީ އެކި ސަރަހައްދުތަކަށް އެކި ގަޑިތަކުގައިކަން ފާހަގަކޮށްލެވެއެވެ. މާލެއަށް ދިމާވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ މެދުވެރިވެގެން ހިންގާ ދެ ޕްރޮޖްކެޓްކަމަށްވާ ހުޅުމާލެ މާލެ އިންޓަ ކަނެކްޝަން، އަދި ހުޅުމާލޭގައި ބެހެއްޓޭ 50 މެގަވޯޓްގެ ޕަވަޕްލާންޓާއެކު މިމައްސަލަ ވަރަށް ބޮޑުތަން ކުޑަވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ