ރައީސް ޔާމީންގެ ވިސްނުންފުޅަކީ ގާސިމް ޝަޓްޑައުން ކުރުން: ރިޔާޒު

ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުގައި ހުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ޝަޓްޑައުން" ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ރިސޯޓުތަކުގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން ފަށާފައިވަނިކޮށް، ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅަކީ ގާސިމް ޝަޓްޑައުން ކުރުން ކަމަށެވެ.
އެގޮތުން، ގާނޫނު އަސާސީއަށް ބަދަލު ގެނެސް ގާސިމް އަށް ވެރިކަމަށް ކުރިމަތިނުލެއްވެވޭ ގޮތް ހަދާފައިވާ ކަމަށާއި "ނުކުރާ ކަމެއް ކުރިކަމެއް ކަމަށް ހަދުވައިގެން ހުކުމެއް ކޮށްފައިވާ" ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު އެ އިޝާރާތް ކުރައްވަނީ، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހާއި ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކުރި ހުކުމަށެވެ. 
RY ge visnumakee Hon @qasimibrahim shut down kurun! QA ah badhalu genas verikamah kurimathi nuleveygoiy hadhaifi, Nukuraa kameh kurikamah hahdhuvaigen hukumehkuruvaifi, account thah freezekoh ethah agreementeh baathilkoffi. Mihaaru thiyafettevee mudhaanagan! Mivarun nimeynethoa? https://t.co/8q9NhTkKJc
މި ކަންކަމުގެ އިތުރަށް، ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް އެތައް އެއްބަސްވުންތަކެއް ސަރުކާރުން ބާތިލްކޮށްފައިވާކަން ވެސް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުވެސް އަދާކުރައްވަމުންދާ ރިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ. 
ގާސިމްގެ ވިލާ ކުންފުންޏަށް ދީފައި ހުރި ގިނަ އަދަދެއްގެ ރަށްތަކެއް ސަރުކާރުން ވަނީ އަނބުރާ ނަގާފައެވެ. މީގެ އިތުރުން، ގާސިމްގެ ވިިލާ ކުންފުންޏަށް ހިންގަން ދީފައިއޮތް ކާޑެއްދޫ އެއަރޕޯޓް ވެސް އެކުންފުނީގެ އަތުން ވަނީ ނަގާފައެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެ ވިލާގެ އެކައުންޓްތައް ފްރީޒް ވެސް ކުރި އެވެ.
ގާސިމްގެ ރިސޯޓުތަކުގެ ބަނގުރާ ސްޓޮކް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަމުންދާކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ މިހާރު އެ ފެއްޓެވީ މުދާ ނަގަން ކަމަށެވެ. ރިޔާޒު ވަނީ، "މިވަރުން ނިމޭނެތޯ؟" ސުވާލުކުރައްވާފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ރިސޯޓުތަކަށް ކަސްޓަމްސްއާއި ފުލުހުން އަރަމުންދަނީ، ބޮންޑެޑް ވެއަރހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާގެ ނަމުގައި ދޫކުރި ބަނގުރާ އެ ރިސޯޓު ނޫން އެ ރިސޯޓާއި ގުޅުން ހުރި އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ކަސްޓަމްސްއާއި ފުލުހުން ވަނީ ފަން އައިލެންޑަށް އަރައި އެރަށުގެ ބަނގުރާ ސްޓޮކް ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ