ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖައިކާ)ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ޑރ. ޖުނިޗީ ޔަމާޑާއާ ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް އަންގާރަދުވަހު ޓޯކިޔޯގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދެވުނު ތަރައްގީގެ ޕްރޮޖެކްޓްތަކާއި ދިވެހިންގެ ފާގަތި ކަމަށް އެ ޖަމާއަތުން ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރ ވަނީ ޖައިކާގެ ޕްރޮގްރާމްތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިވެ ގައުމުގެ ތަރައްގީއަށް އެންމެ ބޭނުންވެފައިވާ ދާއިރާތަކުން އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
ދެ ބޭފުޅުން ވަނީ ދާދިފަހުން ރާއްޖޭގެ ވަފުދެއް އެ ގައުމަށް ކުރެއްވި ޒިޔާރަތާ ގުޅޭ ގޮތުންނާއި އަދި މުސްތަގުބަލުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް އާއި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އާދަމް ހާމިދު އާއި، ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޒީނާ މުހައްމަދު ދީދީ އަދި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކްރެޓަރީ މުހައްމަދު ތަހްސީން ބައިވެރިވެވަޑައިގަތެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޖައިކާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ