ހުސްވެފައިވާ 6 ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ 6 ދާއިރާއެއްގެ ބައި-އިލެކްޝަން ނުބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ 6 ދާއިރާއެއްގެ ބައި އިލެކްޝަން ނުބާއްވަން ނިއްމެވިއިރު ހިންނަވަރު ދާއިރާ، ކާށިދޫ ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ގަމު ދާއިރާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ އިތުރުން ހިންނަވަރު ދާއިރާއާއި ކާށިދޫ ދާއިރާގެ ގޮނޑި ވަނީ ހުސްވެފައެވެ. މި ގޮނޑިތައް ހުސްވެފައިވަނީ އިބްރާހީމް ރައީސް ޞާލިޙާއި ނާއިބުރައީސް ފައިޞަލް މަޤާމުގެ ހުވައި ކުރެއްވުމާ ގުޅިގެންނެވެ. އަދި ދެންހުރި ދާއިރާތަކުގެ ގޮނޑި ހުސްވެފައިވަނީ ރައީސް ޞާލިޙްގެ ސަރުކާރުގެ ވަޒީރުކަމަށް ވަޑައިގަތުމަށް 4 މަޖިލިސް މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ޑިފެންސް މިނިސްޓަރުކަމަށް ޢައްޔަންކުރައްވާފައިވާއިރު، ހެންވޭރު އުތުރުދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވަނީ ފޮރިން މިނިސްޓަރަކަށް ޢައްޔަންކުރައްވާފައެވެ. އަދި ލ.ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާޢީލް އިކޮނޮމިކް މިނިސްޓަރަކަށް ޢައްޔަންކުރައްވާފައިވާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙުލޫފު ވަނީ ޔޫތު މިނިސްޓަރުކަމަށް ޢައްޔަންކުރައްވާފައެވެ. ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން މަޖިލިސް އިންތިޚާބާ ދެމެދު އޮތީ 6 މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އިލެކްޝަނސް ކޮމިޝަނުން 6 ދާއިރާގެ ބައި އިލެކްޝަން ނުބާއްވަން ނިންމާފައިވާއިރު އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ