ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް އަލުން ހުށަހެޅުމުން ކުރިއަށްގެންދާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ތާވަލް ކޮށްފިއެވެ.
މިމައްސަލަ މިއަދު 13:00 ގައި ކުރިއަށް ގެންދަން ވަނީ ތާވަލް ކޮށްފައެވެ.
މައްސަލަ ބައްލަވަނީ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
އިމްރާންގެ މައްސަލަ މިއަދު މެންދުރު ފަހަށް ތާވަލް ކުރައްވާފައި ވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ޙުކުމުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު 10:00 ގައި ބާއްވަން ވަނީ ތާވަލް ކޮށްފައެވެ.
އިމްރާން 12 އަހަރަށް ޖަލަށް ލުމަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޙުކުމް ކުރީ އެއަހަރުގެ މެއި 01 ވަނަ ދުވަހު އޮތް މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދެއްކެވުމުންނެވެ. އެދުވަހުގެ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރައީސް ޔާމީން ކަމުގެ ކިތާބީ ހެކި އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ދައްކަވާފައެވެ. ނަމަވެސް ވީޑިއޯ އިން އެނގޭ ގޮތުގައި އިމްރާންގެ އަތްޕުޅުގައި ހުރީ ޑރ.އަފްރާޝީމްގެ މަރާއި ޔާމީނާއި ގުޅުން ހުރި ލިޔުންތަކެއް ނޫނެވެ. އެއީ އޮންލައިން ނޫހެއްގެ ވެބްޕޭޖްތަކެއް ޕްރިންޓް ކޮށްފައި ހުރި ގަނޑުތަކެކެވެ.
އިމްރާން މިހާރު މިނިވަންވެފައި ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޙުކުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުންނެވެ.
އިމްރާން މައްސަލައިގެ ޝަރީޢަތް ވެސް މިއަދު ސުޕްރީމް ކޯޓުގައި ފަށާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ