ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީއާ އަލުން ގުޅިވަަޑައިގެން، އެ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ޝަހުދީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ބުދަ ދުވަހު ޖުމްހޫރީ ޕާޓީ އޮފީސް، މ. ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައެވެ.
ޝަހުދީގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހަނިމާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ޝަހުދީ ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.
އޭގެ ފަހުން މިދިޔަ އަހަރު ޖުލައި މަހު ޝަހުދީވަނީ އެޕާޓީއިން ވަކިވެވަޑައިގެންފައެވެ. އޭރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޕީޕީއެމްއިން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައިވެސް ޝަހުދީ ހިމެނި ވަޑައިގަންނަވައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއާއި، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީވެސްވަނީ ދާދިފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
MP Shahudhee JP ah soi kurahvaifi pic.twitter.com/L0lZNR4h2a
ޝަހުދީއަކީ ގޮނޑި ގެއްލުނުކަމަށް ސަރުކާރުން ކުރިން ބުނަމުން ދިޔަ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީ އަލުން ޖޭޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ