ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލާއި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ފާސްކޮށްފިއެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، ވޯޓަށް އެހުމުން 48 މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިއްބެވީ ފަސް މެންބަރުންނެވެ. ޕީޕީއެމްގެ 13 މެންބަރުންގެ ތާއިދާއެކު މަޖިލީހަށް ހުށަހެޅި މި ގަރާރަށް ވޯޓަށް އެހުމުން ޕީޕީއެމްގެ ބައެއް މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮއާއެކުގައެވެ. މި ގަރާރު މަޖިލީހުން ފާސްކުރުމަށްފަހު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް މިރޭ ވަނީ ނިންމާފައެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަނަށް ފާސްކޮށްފައި ވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އިދިކޮޅު އެމްޑީޕީން ބުނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި، އެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާކަމަށެވެ.
މިއަދު ޕީޖީން ވަނީ ނަޝީދުގެ މައްސަލަ އަލުން މުރާޖާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ނަޝީދު މިނިވަންކުރުމަށް ޕީޖީއާއި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ