ކޮވިޑް-19 އަށް ފައްސިވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލްގައި ރޭގައި އެޑްމިޓްކޮށްފިއެވެ.
ރައީސް މައުމޫނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެމަނިކުފާނަކީ އުމުރުން 82 އަހަރުގެ ބޭފުޅަކަށް ވުމުން އެމަނިކުފާނު ގިންގިކުރައްވާނީ ހައި ރިސްކުގެ ކެޓެގަރީގައެވެ. އެހެންކަމުން އެމަނިކުފާނަށް ފަރުވާ ދެއްވުމަށްޓަކައި ރޭގެ ވަގުތެއްގައި އެމަނިކުފާނުވަނީ ދަރުމަވަންތަ ހޮސްޕިޓަލްފައި އެޑްމިޓްކޮށްފައެވެ.
ރައީސް މައުމޫން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރައްވައި، އެމަނިކުފާނި ރޭގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާފައިވާރު ގިނަބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާޢަކަށްއެދި ދުޢާ ކުރަމުންނެވެ.
ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާއިރު ، މީގެެ ތެރެއިން 173 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ. އަދިި 4,438 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ