ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލްގައި އެނދުމަތިކޮށްފި

ކޮވިޑް-19 އަށް ފައްސިވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލްފައި އެނދުމަތިކޮށްފިއެވެ.
އެމަނިކުފާނު އެ ހޮސްޕިޓަލްގައި އެނދުމަތި ކުރީ ފަރުވާ ދިނުމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ.
ރައީސް މައުމޫން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރައްވައި، އެމަނިކުފާނި މިރޭގެ ވަގުތެއްގައި ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫނަކީ ކޮވިޑް-19 ހައިރިސްކް ބޭފުޅެކެވެ.
އެމަނިކުފާނު ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން، ގިނަ ބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ޓްވީޓް ކުރައްވަމުންނެވެ.
ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް ވަނީ 7000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެެ ތެރެއިން 173 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ. އަދިި 4,438 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ