އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 އޮގަސްޓު 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އެ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ކޮމިޝަނުގެ ރައީސާ އާއި އިތުރު ދެ މެމްބަރަކު ވަނީ ދާދި ފަހުން އެ ކޮމިޝަނުން އިސްތިއުފާ ދީފައެވެ. އެ ތިން މެމްބަރުން އިސްތިއުފާ ދީފައިވަނީ އިތުބާރު ނެތްކަމުގެ ވޯޓު، ރައްޔިތުންގެ މަޖިލީހުގައި ނަގަން އުޅެނިކޮށެވެ. މި ވަގުތު އެ ކޮމިޝަނުގައި ތިއްބެވީ ދެ މެމްބަރެކެވެ. އެއީ ކޮމިޝަންގެ ނައިބުރައީސް މުހައްމަދު ޒާހިދާއި މެމްބަރު ނައިވީން އަބްދުﷲ އެވެ. މި ދެ މެމްބަރުންގެ ތެރެއިން ނައިވީންގެ ދައުރު އަންނަ ސެޕްޓެމްބަރަށް ހަމަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ