ޤައުމީ ބޮޑެތި ކަންކަމުގައި ސިޔާސީ ލީޑަރުން މަޝްވަރާކުރެއްވުމަށް ޝަރީފު ގޮވާލައްވައިފި

ސިޔާސީ ލީޑަރުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ޤައުމީ ބޮޑެތި ކަންކަމުގައި މަޝްވަރާކުރެއްވުމަށް ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ގޮވާލައްވައިފިއެވެ. ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނުގެ ލީޑަރުންގެ ތެރެއިން ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު، ކޯލިޝަނުގެ އެހެން ލީޑަރެއް ކަމުގައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައިވަނިކޮށެވެ. The leaders of our nation need to talk with each other, on matters of national importance, instead of at each other.Competing agendas will divide divide ppl n confusing massages on foreign policy can only confuse our foreign friends.A nation divided cannot fulfill its promise— Ibrahim Shareef (@AdduShareef) September 19, 2020އިއްޔެ ރައީސް މައުމޫނަށް ނަޝީދުގެ ބަހުގެ ހަމަލާތަކެއް އަމާޒުވީ ޖަލުގައި އަނިޔާކޮށް މަރައިލި އީވާން ނަސީމުގެ މަރަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.ޝަރީފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާލަށް ވާހަކަދެއްކެވުމުގެ ބަދަލުގައި މި ޤައުމުގެ ލީޑަރުން، ޤައުމީ މުހިއްމު ބޮޑެތި ކަންކަމުގައި އެއްބޭފުޅަކު އަނެއްބޭފުޅަކާ ވާހަކަދައްކަވައި މަޝްވަރާކުރައްވަން ޖެހޭ ކަމުގައެވެ. އަދި އެ ބޭފުޅުންގެ ތަފާތު ވާދަވެރި އެޖެންޑާތަކުގެ ސބަބުން ރައްޔިޔުން ބައިބައިވެގެންދާ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. ހަމައެހެންމެ ޚާރިޖީ ސިޔާސަތާ ގުޅިގެން އޮޅުންއަރާ ގޮތަށް މެސެޖު ދިނުމުން، ދިވެހިރާއްޖޭގެ ރަހުމަތްތެރި ބޭރު ފަރާތްތަކަށް އޮޅުން އެރުން ފިޔަވައި އިތުރު ކަމެއް ނުވާނެ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. ހަމައެހެންމެ ބައިބައިވެފައިވާ ޤައުމަކަށް އެ ޤައުމެއްގެ ވަޢުދުތައް ޙަޤީޤަތަކަށް ނުހެދޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މިފަދައިން ޝަރީފު ވިދާޅުވެފައިވާއިރު، ޗައިނާއާއެކު އޮންނަ ގުޅުމަށް އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެެއެވެ. ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުންދަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވައި އެކީގައި މަސައްކަތްކުރުމަށް ސަރުކާރުން ބޭނުންވާ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ