މާޗު މަހުގެ ސްކޫލް ބަންދާ ދިމާކޮށް ދަރިވަރުންނަށް އުމްރާއަށް ދިޔުމުގެ ފުރުސަތު ދެނީ

މާޗު މަހުގެ ސްކޫލް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ހާއްސަ އުމްރާ ދަތުރުތަކެއް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އެ އުމްރާ ދަތުރުގައި  ކޮންމެ އުމުރުފުރާއެއްގެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެ އުމްރާ ދަތުރަށް ނަގާނީ 23،965 ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އުމްރާ ދަތުރަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވެ ފައިސާ ދެއްކުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ދަތުރުގައި ގެންދާނެ ވަކި އަދަދެއް ކަނޑައަޅާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ހައްޖު ކޯޕަރޭޝަންގެ އެހެން އުމްރާ ދަތުރުތަކާ ހިލާފަށް އެ ދަތުރުގައި ދަރިވަރުންނަށް ހާއްސަ ކަންތައްތަކެއް ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ