ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ލަފަޔަކަށް އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން އައްޔަންކުރުމާ ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ރައީސް ސާލިހު މިއަދު ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ހދ. ވައިކަރަދޫ ވައިޖެހޭގެ އަލްއުސްތާޒު އަހްމަދު ފާއިޒް ހުސައިން އައްޔަންކުރުމާ ގުޅޭގޮތުން ޖޭއެސްސީގެ ލަފައަކަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.
ދާއިމީ ސުޕްރީމް ކޯޓު އުފެއްދިއިރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވީ ފާއިޒްއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާ ގޮތަށް މަޖިލީހުން ގާނޫނަށް ގެނައި ބަދަލަކާއެކު ފާއިޒްގެ މަގާމް ގެއްލުނެވެ.
ފާއިޒްގެ އިތުރުން، މިހާރު އެ ކޯޓުގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންގެ މަގާމް ވެސް ގެއްލުނެވެ.
މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާނީ އުއްތަމަފަނޑިޔާރު މުއުތަސިމް އާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރް އަދި ހުސްނުއްސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ