ދިވެހިރާއްޖޭހެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ ދިނުމަށްޓަކައި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޖޭއެސްސީއިން ސްޕްރީމް ކޯޓުގެ ފަނިޔާރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އިއުލާންކޮށްފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި އަބްދުލްޣަނީ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށާއި، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މިމަހުގެ ތެރޭގައި ވަނީ ބޭފުޅުން އައްޔަންވެސް ކުރައްވާފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މުހްތަސިމް އަދުނާނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ ހުސްނުއްސުއޫދެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ