މޫސުން ވަރަށް ބޮޑަށް ގޯސްވެ ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ (މޯލްޑްވިސް މީޓިއޮރޮލޮޖިކަލް ސެންޓާ) އިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާ އިން މިރޭ ނެރުނު ހުދު ސަމާލުގައި ވާގޮތުން މިރޭ ދަންވަރު 03:00ން ފެށިގެން މާދަމާ ހެނދުނު 08:00އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެއެވެ. މީގެ އިތުރުންވެސް މާލެ ހިމެނޭ ގޮތަށް 5 އަތޮޅަކަށް ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ. އެއީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ.
މި ވިއްސާރައިގެ އަސަރު މިހާރު މާލެ އަށްވެސް ކުރަމުން ދާއިރު، މާލޭގެ ބޮޑެތި މަގުތަކުގައި ޕޭމަންޓު މައްޗައް ވުރެންވެސް ބޮޑަށް ފެންބޮޑު ވެފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ބައެއް ގެތަކަށާއި ފިހާރަތަކަށް ފެން ވަންނަމުން ދާކަމުގެ ރިޕޯޓްތައް ވަނީ ކޮށްފައެވެ.
މިރޭ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި މިވަނީ ހެންވޭރުގައި ކެމިކަލް ރައްކާ ކޮށްފައި ހުރި ގުދަނެއްގައި ހުރި ކެމިކަލް ތަކުގައި އަލިފާން ރޯވެ، އެ ސަރަހައްދުގެ ވަށައިގެންވާ ގެތަކާއި ގުދަންތަކުގައިވެސް ރޯވެ ވަރަށް ބޮޑަށް ދުން އަރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ