ޑިމާންޑްތަކަށް ސަރުކާރުން މިހާތަނަށް ދީފައިވަނީ ބީރު ކަންފަތެއް- މަދަނީ އިއްތިހާދު

ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާ--ފޮޓޯ: ދިއިސްލާމްމުޒާހަރާގައި ގޮވާލާފައިވާ ގޮވާލުންތަކަށް ސަރުކާރުން މިހާތަނަށް ދީފައިވަނީ ބީރު ކަންފަތެއްކަމަށް މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބުދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ. މުޒާހަރާގެ ޑީމާންޑްތައް ފުރިހަމަ ކުރުމަށް މަދަނީ އިއްތިހާދުން ކުރިއަށް ރާވާފައިވާ ހަރަކާތްތައް މިއަދު ހަވީރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރުމަށް ނިންމާފައިވާއިރު މަދަނީ އިއްތިހާދުގެ ނައިބް ރައީސް ވިދާޅުވީ މުޒާހަރާގެ ޑިމާންޑްތައް ފުރިހަމަ ކުރުމުގެ ބަދަލުގައި ސަރުކާރުގެ ގޮތް ދޫނުކުރާނެ ކަން ދައްކަމުންދާ ކަމަށާ، މުޒާހަރާގެ ބައިވެރިންނަކީ ހަރުކަށި ބައެއްކަން މުޅި ދުނިޔެއަށް ދެއްކުމަށް އެތައް މަސައްކަތެއް ކުރަމުންދާ ކަމަށެވެ.ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ސަރުކާރުގެ ނާގާބިލުކަން ހާމަވަމުންދާކަމަށްވެސް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.މި އަހަރުގެ ޖެނުއަރީ ފަހެއްގެ ނިޔަލަށް ސަރުކާރަށް ޑިމާންޑްތައް ފުރިހަމަ ކުރުމަށް މުހުލަތު ދީފައިވާއިރު އެ ޑިމާންޑްތައް ސަރުކާރުން ފުރިހަމަ ނުކޮށްދީ އެކަންކަމަށް ހަޖޫ ކިޔަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ