ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތެއް ރިޕޯޓް ނުކުރުމަށް ހަވީރުގެ ނޫސްވެރިއަކު ލައްވައި ސޮއިކުރުވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑެސީ ބާތިލް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ މިއަދުގެ ޝަރީއަތުގެ ހަބަރު ނޫހުގައި ރިޕޯޓް ނުކުރުމަށް، އެ މައްސަލަ ކަވަރުކުރި ހަވީރުގެ ނޫސްވެރިޔާ ލައްވައި ސުޕްރީމް ކޯޓުން ސޮއިކުރުވައިފި އެވެ.
ސުޕްރީމް ކޯޓުގައި މެންދުރުފަހު ބޭއްވި އެ ޝަރީއަތް ކަވަރުކުރަން ދިޔަ ހަވީރުގެ ނޫސްވެރިޔާ އަލީ ހާރިސް ލައްވައި ސޮއިކުރުވި ބަޔާނުގައި ބުނެފައި ވަނީ އެ ޝަރީއަތުގައި ދެކެވުނު ވާހަކަތައް ހާމަކުރަން ދައުވާ ލިބޭ ފަރާތުން ބޭނުންނުވާތީ އެ މައުލޫމާތުތައް ހާމަނުކުރަން ސުޕްރީމް ކޯޓުން އަންގާ ކަމަށެވެ.
އެ ކޯޓުގައި މިއަދު މެންދުރު ކުރިން ވެސް ވަނީ ކެންޑިޑެސީ ބާތިލް ކުރުމުގެ ދެ މައްސަލައެއްގެ ޝަރީއަތް ހިންގައިފަ އެވެ. އެ ދެ މައްސަލަ ވެސް ހަވީރުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ