ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ސީވީޑް އަހުމަދު ލަތީފު މިއަދު އައްޔަންކުރައްވާ އޭނާ އަށް އެމަގާމުގެ ފަތްކޮޅު ރައީސް މުހައްމަދު ނަޝީދު ހަވާލުކުރައްވައިފި އެވެ.
ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް ލަތީފު އައްޔަން ކުރެއްވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.
ފަތްކޮޅު ދެއްވުމަށް ފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި މަގާމުގެ ވާޖިބު ލަތީފު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން ހިންގަވަމުން ގެންދަވާ އެކި މަޝްރޫއުތައް ކުރިއަށް ގެންދެވުމުގައި، އެބޭފުޅުންގެ އެހީތެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޗައިނާގައި ހުންނަވާ ސަފީރު ކަމަށް އަހުމަދު ލަތީފު އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ