ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އީވާ އަބްދުﷲ ކާމިޔާބު ކުރައްވައިފިއެވެ.
އީވާ އަބްދުﷲ އަކީ ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އަދި އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ގަލޮޅު އުތުރު ދާއިރާގެ ތަމްސީލް ކުރެއްވި މެންބަރެވެ.
އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ގަލޮޅުގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ. މީގެ އިތުރުން މާލޭ ސިޓީ އާއި ، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ގދ ތިނަދޫ ފަދަ ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ މެޖޯރިޓީވެސް ނަގައިފައިވަނީ އެމްޑީޕީންނެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީމް ވަނީ ޖުމްލަ 67 ގޮނޑި ކާމިޔާބު ކުރައްވާ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް ނަގައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އީވާ ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ