ފުލުހުން ހޯދާ މީހަކު ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި 5 މީހުން ހައްޔަރުކޮށްފި

ފުލުހުން ހޯދާ މީހަކު ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާރާމާރީއެއްގެ މައްސަލައިގައި މިދިޔަ މަހު 15 ގައި ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ