ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދަނޑުވެރިކަން ކުރަން ބިން ދޫކުރަނީ

ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކޮށްފި އެވެ. 
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ "ރަށްވެހި ދަނޑުވެރިކަން" ނުވަތަ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއުގެ ދަށުން ކުއްޔަށް ބިން ދޫކުރުމަށް ނިންމައި، ބިން ނަގަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. 
އިތުރަށް އެ ކުންފުނިން ބުނެފައި ވަނީ އެ އިއުލާނުގެ ދަށުން ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާ ބިންތަކަކީ، ހަމައެކަނި ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީއަށް ހުރި ބިންތައް ކަމަށެވެ.
އެޗްޑީސީން އިއުލާނުކުރި ގޮތުގައި މި ބިންތައް ކުއްޔަށް ނެގުމަށް އެދޭ ޝަރުތު ފުރިހަމަވާ މީހުން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 12 ޖޫން 2024 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ. 
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަންކުރާ އާ ޖީލެއް ތަަމްރީނުކޮށް ބިނާކުރުމުގެ މަގުސަދުގައި ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއަކީ ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރު ގުޅިގެން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ކުދި ވިޔަފާރިތައް ބައިވެރިކޮށްގެން ދެމެހެއްޓެނެވި ގޮތަކަށް ފަނޑުވެރިކަން އާލާކުރުމަށް ހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމެންޓް ފޯ ޑިވެލޮޕްމެންޓް އޮފް އެސްއެމްއީސް"ގެ ތެރެއިން ހިންގާ ޕްރޮގުރާމެކެވެ. 
މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ގިނަ ބައިވެރިން ހުށަހަޅާ ފޯމެއް ނަމަ ބައިވެރިވާ މީހުންގެ ތެރެއިން މަދުވެގެން އެކަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވުމަކީވެސް ޝަރުތެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ