ކެލާ ރައްޔިތުނަށް ރައީސް ވެލެއްވި ވައުދުގެ ފުރަތަމަ މަރުހަލާ ފަށައިފި ކޮންމެ ވައުދެއްވެސް ވީ ފުއްދާނެ ގޮތް އެނގިގެން: ރައީސް ފެން ބިލާއި ކަރަންޓު ބިލުގެ ޖޫރިމަނާ ކަނޑާލަން ރައީސް ނިންމަވައިފި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒުގެ ދެ

ލ. މުންޑޫ ބަނދަރުގެ ދަތިކަމާއި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލައިގެ ކަންބޮޑުވުންތައް މުންޑޫ ކައުންސިލުން. ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ހިއްސާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް ވަނީ ލ. މުންޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ ދަތިކަމާއި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލައިގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައީސް އާއި ހިއްސާ ކުރައްވާފައެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލްގެ ވިސްނުން ހުރިކަން މެންބަރުން ވަނީ ވިދާޅުވެފައެވެ.
މުންޑޫ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކައުންސިލްގެ މެންބަރުންނަކީ އެއިރެއްގައި އޮތް ސަރުކާރަކާ އެކީގައި މަސައްކަތްކޮށް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނެ މެންބަރުންތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްގެ ކޮމިޓީތަކުގެ އެލަވަންސް ފައިސާ ލިބުމުގައި ހުރި ދަތިތައް ކައުންސިލުން ހިއްސާ ކުރައްވާފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ