ހިލޭ ހައްޖަށް ގެންދާނީ ފަގީރުންނާ މިސްކީނުންގެ ދަފްތަރުގައި ހިމެނޭ 69 އަހަރު ނުވާ މީހުން

އެ މީހަކީ ފަރުލް ހައްޖުގެ އަޅުކަން ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި އެމީހަކީ އެ އަހަަރަކަށް އިއުލާނު ކުރާ އުމުރުފުރާއަށް ފެތޭ މީހަކަށް ވާން ޖެހެ އެވެ.
ރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ގޮތް ފަހިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ ފަގީރުންނާ މިސްކީނުންގެ ދަފްތަރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ވަނީ ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުލް ހައްޖަށް މީހުން ގެންދާޏެ ގޮތުގެ އުސޫލު އާންމު ކޮށްފައެވެ. އެ އުސޫލު ގައި ބުނާ ގޮތުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ ފަގީރުންނާ މިސްކީނުންގެ ދަފްތަރުންނެވެ. ހައްޖަށް ފޮނުވާނީ އެންމެ ފަހުން މުދަލު ޒަކާތް ބަހާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިންނެވެ.އެ މީހަކީ ފަރުލް ހައްޖުގެ އަޅުކަން ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި އެމީހަކީ އެ އަހަަރަކަށް އިއުލާނު ކުރާ އުމުރުފުރާއަށް ފެތޭ މީހަކަށް ވާން ޖެހެ އެވެ. އަދި ހައްޖުގެ އަޅުކަން އަދާ ކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހަކަށް ވާން ޖެހެ އެވެ.މީގެ އިތުރުން މީލާދީ ގޮތުން އުމުރުން 69 އަހަރު ފުރިފައި ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ހިލޭ ހައްޖަށް ގެންދާނެ މީހުންގެ އަދަދު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ކަމަށް ވެސް އުސޫލު ގައި ވެއެވެ.އުސޫލުގައި ބުނާ ގޮތުން ހިލޭ ފަރުސް ހައްޖަށް މީހުން ގެންދަން މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ތަނަވަސްކޮށްދޭން ޖެހެ އެވެ. އަދި މި ފަދައިން މާލީ އެހީގެ ގޮތުުގައި ދޭ ފައިސާ ޖަމާކުރާނީ ވުޒާރާގެ ކަމާ ގުޅުން ހުރި ފަންޑަށް ކަމަށް ބުންޏެވެ.ސަރުކާރުން ބުނީ މި އަހަރު 50 މީހަކު ހިލޭ ހައްޖަށް ގެންދާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ