މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ބަދަލުކުރުމުން ކައުންސިލްތައް ބާރުވެރިވެގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ، މުހައްމަދު މުއިއްޒު ރޭ ވަނީ ހާމަކުރައްވައިފަ އެވެ.
އެ ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށް ރައީސް ރޭ ވިދާޅުވި އެވެ. އަދި ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެކަމަށް ފަހުމީ ވިދާޅުވި އެވެ.
ރައީސް އިއުލާން ކުރެއްވި ގޮތަށް ގްރޭޓަރ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުންކަން ވެސް ފަހުމީ ފާހަގަ ކުރެއްވި އެވެ.
މިސްކިތުގެ ކަރަންޓް ޑޮމެސްޓިކް ރޭޓަށް ބަދަލުކުރުމުން ކައުންސިލްތައް ބާރުވެރިވާނެ: ސްޓެލްކޯ އެމްޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ