ކުރީ ސަރުކާރުން އެޅި ކާމިލު ދީދީ ޕްރައިމަރީ ސްކޫލް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލު ދީދީ ޕްރައިމަރީ ސްކޫލް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.
ެއެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނީ އެ ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާ ކަމަށެވެ
އެ މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ބުންޏެވެ.
އެ މަޝްރޫޢުގައި ރަޖިސްޓްރީ ކުރުމަށް މި މަހުގެ 26 ގެ ނިޔަލަށް ލިންކު މެދުވެރިކޮށް ”ބިޑް ރަޖިސްޓްރީ ފޯމް“ ފުރިހަމަކޮށް ރަޖިސްޓްރީ ކުރާނެ ބީލަން ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ 10:00 ގައި އެޑިއުކޭޝަންގެ މިނިސްޓްރީގެ 08 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ދޭއްގައެވެ.
ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000/-ރ.(ދިހަހާސް ހާސް) ހުށަހަޅަން ޖެހޭނެއެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ