އެމްޑީޕީން ނުކުމެ މި ތިބީ ދޮގަށް ފުރުސަތު ނުދޭން: އަބްދުالله ޝާހިދު ޗައިނާ މާކެޓު 40 ޕަސެންޓް އިތުރުވާނެ: ފާތިމަތު ތައުފީގު އޭސީސީއިން ހޯދަން އެންގި ފައިސާއިން ލިބުނީ އެންމެ 0.3 ޕަސަންޓު އެއާ އެމްބިއުލާންސްގެ ސީޕްލޭން ހިދުމަތް ފެށުމުމަކީ ލިބޭނެ ވަރަށް ބޮޑ

ތުކުރީގެ “ބައިރަކުތާރު” މަރުކާގެ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ދިވެހި ސިފައިން މިރެއިން ފަށައިފިއެވެ.
މިއީ ދިވެހީންގެ އަމިއްލަ ވަންތަކަމާއި، މިނިވަންކަމާއި، ސިޔާދަތު ކަށަވަރުކޮށްދިނުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ޕްރޯ މޯލްޑިވްސް ސިޔާސަތަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.
މި މަސައްކަތުގައި ބޭނުން ކުރަނީ ހުއްޓުމެއް ނެތި 28 ގަޑިއިރު އުދުހެވޭ 300 ކިލޯމީޓަރު ދުރުން ވަގުތުން މައުލޫމާތު މައި މަރުކަޒަށް ފޯރުކޮށްދޭ ތުރުކީގެ އެންމެ އެޑްވާންސްއެއް ޑްރޯން ތައްކަމަށް ސަރުކާރުން ބުނެއެވެ.
ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ މަސް ކަނޑުތަކާއި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ މަސައްކަތް އިފްތިތާޙު ކުރުމަށް މިރޭ ވަނީ ނ. މާފަރުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު އޮތީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
މި މަސައްކަތް ފަށަން ދިވެހި ސިފައިގެން ޚާއްޞަ ޑްރޯން ލަޝްކަރެއް ވަނީ ތުރުކީގައި ތަމްރީނު ތައް ފުރިހަމަކޮށްގެން ރާއްޖެ އައިސް މާފަރުގައި މަސައްކަތް ފަށާފަ އެވެ. އަދި އެކަމަށް ބޭނުންވާ ޑްރޯން ވެސް ވަނީ ގެނެސްފައިކަމަށް ސަރުކާރުން މިރޭ ބުންޏެވެ.
ދިވެހި ސިފައިން ރާއްޖެ ސަރަހައްދު ބަލަހައްޓަން ބޭނުން ކުރާނީ ރަޝިއާ އިން ޔޫކްރެއިންގައި ކުރާ ހަނގުރާމާގައި ސާވޭލަންސް އަދި ހަމަލަ ދިނުމުގައި ވެސް ބޭނުން ކުރާ ތުކުރީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެކެވެ. ތުރުކީގެ ބައިރަކުތާރު ކުންފުނީގެ މި ޑްރޯންތައް 2015 އިން ފެށިގެން ދަނީ ތުރުކީގެ އަސްކަރިއްޔާގައި ބޭނުން ކުރަމުންނެވެ.
މި ޑްރޯންއަކީ ތަކެތި ހޯދުމާއި ޖާސޫސީ މަސައްކަތްތަކާއި ސުލްހެވެރި ބޭނުންތަކަށްވެސް ހާއްސަ އުޅަނދެކެވެ ހާއްސަކޮށް މިއީ ސާޗް މަސައްކަތުގައި ބޭނުން ކުރަން ފައްކާކޮށްފައިވާ ޑްރޯން ތަކެއްކަމަށް ސަރުކާރުން ބުނެއެވެ. އެކަމަކު ބޭނުންވެއްޖެ ހާލަތެއްގައި ހަތިޔާރު ވެސް ހަރުކުރެވޭނެ އެވެ. މިގޮތުން 95 ކިލޯގެ މިސައިލް ނުވަތަ ގޮވާ އެއްޗިހި ހަރުކޮށްގެން އުދުހުމުގެ ގާބިލްކަން މި އުޅަނދަށް ލިބިގެންވެ އެވެ. މި ޑްރޯންއަކީ މީޑިއަމް ލެޓިޑިއުޑް ލޯންގް އެންޑިއުރެންސް ޑްރޯން ތަކެވެ. މިއީ މީހުންނާ ނުލައި އުދުހޭ ޑްރޯން ތަކެކެވެ. މި އުޅަނދު އޮޕަރޭޓް ކުރާނީ ހާއްސަ ކޮންޓްރޯލް ސެންޓަަރަކުންނެވެ. މި ސެންޓަރަކީ ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންދެވޭ މޮބައިލް ތަނެކެވެ.
ދިވެހި ސިފައިން ދަނީ ރާއްޖޭގެ ފާހަގަކުރެވޭ ޚާއްޞަ ސަރަޙައްދުތަކެއްގައި ޑްރޯން ބޭސްތަކެއް ހަދަން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ނިމޭއިރު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ހުރިހާ ހަރަކާތެއް 24 ގަޑިއިރު ވަގުތުން ދިވެހި ސިފައިންނަށް ފެންނަން ހުންނާނެ އެވެ.
މިކަމުގެ ސަބަބުން މިހާރު މަސްކަނޑު ބެލެހެއްޓުމުގެ މަސައްކަތުގައި ކުރަން ޖެހޭ ޚަރަދު ބޮޑުތަނުން ކުޑަ ވެގެންދާނެ އެވެ. އަދި ސާޗް އޮޕަރޭޝަންތަކުގައި ޑޯނިއާ މަތިންދާ ބޯޓް ބޭނުންކޮށްގެން ކުރަން ޖެހޭ ބޮޑު ޚަރަދު ވެސް އެއްކޮށް ކެނޑިގެންދާނެ އެވެ.
އެމްއެންޑީއެފް “އެއާރކޯގެ” ނަމުގައި މިރޭ ފެށިގެން މިދިޔަ އަސްކަރީ މުހިންމު މަސައްކަތާއިއެކު ރާއްޖޭގެ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަން ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެއެވެ. މިއީ ޚާއްޞަކޮށް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އަމިއްލަ ބާރުވެރިކަމުގެ ދަށަށް ގެނެވުނު ދުވަހެވެ. ދިވެހި އަސްކަރިއްޔާގެ ބާރުވެރިކަމަށް އިންޤިލާބެއް ގެނެވުނު ދުވަހެކެވެ. ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ބުރަ މަސައްކަތުގެ ފެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ