އިންޓަރ ސްކޫލް ޓީޓީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަސްކޫލް ޓޭބަލް ޓެނިސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހަތަރު އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވޗަނީ ސާރާ މޫސާ ޖަމީލެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިރާ އަބްދުﷲ ރިފާއު ބަލިކޮށްގެންނެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު އަލްސާ ނާފިޒު ހޯދީ ފައިނަލުގައި އައިޝަތު މަލާކް ތާސީންގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި މި އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު ޚަލަފް ރާފިއު އެވެ. އޭނާ ޗެމްޕިއަންކަން ހޯދާފައިވަނީ ވާދަވެރި ކުޅުމަކަށްފަހު އަލްޔާން އަލީ ނިޝާމް ބަލިކޮށްގެންނެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު އަލްސާ ނާފިޒް ހޯދީ ފައިނަލުގައި އައިޝަތު މަލާކު ބަލިކޮށްގެންނެވެ. އަދި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އުމައިރު މުހައްމަދު މުއިއްޒު ހޯދީ ފައިނަލުގައި މުހއްމަދު ޒާއިމް މުހައްމަދު ބަލިކޮށްގެންނެވެ.
އެންމެ ފޯރިގަދަ ކުރިމަތިލުންތަކުގެ ތެރެއިން 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މިޝްކާ މުހައްމަދު އިބްރާހީމެވެ. މިޝްކާ މުހައްމަދު އިބްރާހިމް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މަލާކް ބިންތި މުއިއްޒު ބަލިކޮށްގެންނެވެ.
ފަސް އުމުރުފުރާއެއްގައި ޓީމުތައް ވާދަކުރި މި މުބާރާތުގައި 11 އަހަރުންދަށް، 13 އަހަރުންދަށް 15 އަހަރުންދަށް 17 އަހަރުންދަށް އަދި 19 އަހަރުންދަށް ވާދަކުރިއެވެ. މުބާރާތުގައި އަންހެން 19 ޓީމު ހިމެނޭއިރު ފިރިހެން 23 ޓީމު ވާދަކުރިއެވެ.އޯޕަން އިވެންޓުތަކުގައި 11 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އޮތީ ސިންގަލްސް އެކަންޏެވެ. އަދި، 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކެޓަގަރީތަކުން، ސިންގަލްސް އާއި ޑަބަލްސް ވެސް ހިމެނެއެވެ.
މިފަހަރުގެ އިންޓަ ސްކޫލް ޓީޓީ މުބާރާތުގައި 600 އަށްވުރެ ގިނަ ކުޅުންތެރިން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ