ވެލާނާ އެއާޕޯޓްގެ ރަންވޭ 5 ޖަހަންދެން ބަންދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރަންވޭ ބަންދު ކުރީ އެއާޕޯޓަށް މިއަދު މެންދުރު ޖެއްސި ފްލައި ދުބާއީގެ މަތިންދާ ބޯޓުގެ ފުރޮޅު ފަޅައިގެން ދިޔުމާ ގުޅިގެންނެވެ.
އެ ހާދިސާގައި އެ ބޯޓުގައި ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް އަނިޔާ ވެފައި ނުވާ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅިގެން ވެލާނާ އެއާޕޯޓުގެ ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު ހަވީރު 5 ޖެހުމާ ހަމައަށް ރަންވޭ ބަންދުވާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އަދި އަލުން އޮޕަރޭޝަންސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ