މަސްތުވާތަކެއްްޗާއެކު ހައްޔަރުކުރި ފިރިހެނަކު ކޯޓުން ދޫކޮށްލައިިފި
މާލޭގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކުރުމުން، ޝަރުތުކުރުމަށްފަހު ކޯޓުން އޭނާ ދޫކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެ ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެއްކޮށްފައިހުރި ތިން ބިޑިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ޕެކުކޮށްފައިހުރި ސެލޯފީންކޮޅެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއްގެ މަތިންނެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މަސްތުވާތަކެތީގެ މައްސަލަތައް އާންމު ގޮތެއްގައި ވެސް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ތިލަވެއެވެ. އެ ފަދަ މައްސަލަތަކުގައި މި އަހަރު ވެސް ގިނަ ބަޔަކުވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ