ފިލްމީ ތަރި އަލީ ސީޒަން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުލުސްދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމައިފި އެވެ.
ސީޒަން ވަނީ މި މަހުގެ ކުރީކޮޅު ކެރިއަރުގެ ފުރަތަމަ ބްރޭކް ނެގިކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އިންޑަސްޓްރީއާ ދުރަށ ދާން ނިންމި ސަބަބެއް އަދި ދުރުގައި ހުންނާނީ ކިހާ މުއްދަތަކަށް ކަމެއް ނުބުނެ އެވެ.
ފިލްމީ އިންޑަސްޓްރީން ދުރަށް ދިއުމުގެ ކުރިން ސީޒަން ފެނިގެންދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި، ޕީއެންސީގެ ކެންޑިޑޭޓް އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ރަށްރަށަށް ގޮސް ވަރަށް ހަރަކާތްތެރިކޮށެވެ.
ސީޒަން މިއަދު “ސަން” އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އިންޑަސްޓްރީން ބްރޭކް ނެގި ސަބަބަކީ މަޖިލީހަށް ކުރިމަތިލާން ކަމަށާއި ކުރިމަތިލާނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކަމަށެވެ. އަދި މިއީ އެތައް ބައެއްގެ އެދުމަށް ޖަވާބުދީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ލިބޭ ބޮޑު ފުރުސަތެއް ކަމަށް ބުންޏެވެ.
“ވަރަށް ގިނަ ބަޔަކު، ހާއްސަކޮށް ތުލުސްދޫގެ ރައްޔިތުން އެދެމުން ދިޔަ އެދުމެއް މިއީ މަޖިލީހަށް ކުރިމަތިލާން،” ސީޒަން ބުންޏެވެ.
ތުލުސްދޫ ދާއިރާގެ ގޮނޑިއަށް ސީޒަން ވާދަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ