ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓާ ވިސާ"އެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގް ވިދާޅުވީ، މިހާރު ޓޫރިސްޓުން އަންނަނީ އޮން އެރައިވަލް ވިސާގެ ދަށުން ކަމަށާއި އެ 30 ދުވަސް ފަސޭހައިން އެކްސްޓެންޑް ކުރެވޭނެ ގޮތްތަކެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓަރު" ނަށް ވިސާއެއް ދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ރިމޯޓް ވޯކް ކުރަން އަންނަ ފަރާތްތައް، މިއީ ހާއްސަކޮށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ގެނެވިއްޖެނަމަ ފައިދާތަކެއް ކުރާނެ،" ތޯރިގު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ސްޕޯޓްސް ފިޝިން އާއި ބިންގޭމް ފިޝިން ރެގިއުލޭޓް ކުރުމުގެ އިތުރުން ސްޕެއާ ފިޝިންއަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އަންނަ ފަތުރުވެރީންގެ ތެރެއިން މެދުއިރުމަތީގެ އެއަރލައިންތަކުން އަންނަ ފަތުރުވެރީންގެ ނިސްބަތް 30 އިންސައްތަ ހިއްސާކުރާއިރު އެ ދަތުރުތައް ކެންސަލްވުމަކީ އިޤްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެ ގެއްލުން ކުޑަކުރަން ވަރަށް ގިނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންނަށް އިތުރު ދެ ވިސާއެއް ތައާރަފްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ