ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް ނެތް: ގައްސާން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަސްކަރީގޮތުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްކަަމަށް ނުދައްކާ ކަަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމާއި އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.ގައްސާން ވިދާޅުވީ ހަނގުރާމައާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށާ އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް މިވަގުތު ނެތް ކަމަށެވެ."އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ," ގައްސާން ވިދާޅުވި އެވެ.ގައްސާނު މިފަދައިން ވިދާޅުވިއިރު، ރާއްޖޭއާއި ވަރަށް ގާޓުގައި އޮތް ފޯޅަވަހީގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ހުކުރު ދުވަހު ދެ މިސައިލް ހަމަލާ ފޮނުވާލި ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ވަނީ ރިޕޯޓް ކޮށްފައި އެވެ. ނަމަވެސް އިރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވަނި މިފަދަ ހަމަލާއެއް ނުދޭ ކަމަށް އަލްޖަޒީރާއަށް ކަށަވަރުކޮށްދީފަ އެވެ. ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒަކީ އައްޑޫ އަތޮޅުގެ ދެކުނުން 700 ކިލޯމީޓަރު ދުރުގައި ގާއިމުކޮށްފައިވާ މަރުކަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ