މާދަމާއަކީ ރޯދަމަހުގެ 30، ޢީދު ވަނީ ހުކުރަށް

ރާއްޖެއާއި ޢަރަބި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު މިއަދު ނުފެންނާތީ، މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ. ރޯދަމަސް ނިމުމުން ޝައްވާލް މަހަށް ހަނދު ބަލާނެއެވެ. އެ ދުވަހު ހަނދު ނުފެނިއްޖެ ނަމަ، ދެން އަންނަ ދުވަސް ވާނީ ރޯދަމަހުގެ 30 ވަނަ ދުވަހަށެވެ. އަދި، ޢީދު އަންނާނީ އެއަށް ފަހެވެ. އެހެންވެ، މިއަދު ރާއްޖެއާއި އަރަބި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލް މަހުގެ ހަނދު ނުފެންނާތީ، މި އަހަރު ފިތުރު ޢީދު ދުވަހަށް ވާނީ މި މާރިޗު މަހުގެ 20 ވާ ހުކުރު ދުވަހެވެ. އަދި، މާދަމާއަކީ މި ރޯދަމަހުގެ 30 ވަނަ ދުވަހެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުން ވަނީ ރޯދަމަހުގެ ފަހު 10 ސަރުކާރު ބަންދުކުރަން ފަށާފައެވެ. އެހެންވެ، ރޯދަމަހުގެ ފަހު 10 އާ އެކު ކުޑަ ޢީދަށް ބޮޑު ބަންދެއް ލިބެއެވެ. ސަރުކާރު ހުޅުވޭނީ މި މާރިޗު މަހުގެ 22 ވާ އާދިއްތަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ