މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު ގަތަރު އެއާވޭސް އިން މާލެ އާއި ދޯހާއާ ދެމެދު ކުދާ ދަތުރުތައް އަންނަ މަހުގެ 8 އިން ފެށިގެން ފަށަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ހަނގުރާމައިގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާ، ގަތަރު އެއާވޭސް އިން ވަނީ ބައެއް މަންޒިލްތަކަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ތަފްސީލް - އެ އެއާލައިނުން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 8 އިން ފެށިގެން މާލެ އާއި ދޯހާއާ ދެމެދު ހަފްތާއަކު 5 ދަތުރު ބޭއްވުމަށެވެ. މިހާތަނަށް އާންމުކޮށްފައިވާ ޝެޑިއުލްގައި 15 އޭޕްރީލްއާ ހަމައަށް ދަތުރުތައް ކުރަން އޮތްއިރު ހާލަތަށް ބަލާ އަނެއްކާވެސް އިތުރު ދަތުރުތައް ބާއްވާނެ އެވެ.
ދޯހާއަކީ ރާއްޖެ އަންނަ ގިނަ ފަތުރުވެރިންގެ ޓްރާންސިޓް މަންޒިލެވެ. ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުމަކީ ޔޫރަޕާއި އެމެރިކާ ސަރަހައްދުގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމެކެވެ.
އެނގުން މުހިއްމު - ރާއްޖެ އަންނަ ފަތުރުވެރިންގެ %30އަށް ވުރެ ގިނަ މީހުން އަންނަނީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްކޮށްފަ އެވެ. ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް އަސަރުކޮށްފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ.
ގަތަރު އެއާވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ