މަސްދޯނިތަކަށް 13 ރަށަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިފި

މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް އެސްޓީއޯ ރޭޓުގައި މާދަމާ އިން ފެށިގެން ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ފަހި ހަކަތައިގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި 13 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ އެވެ.ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ހިންމަފުށި، ފ. ނިލަންދޫ، ގއ. ކޫއްޑޫ، ފުވައްމުލައް، އައްޑޫ ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީންނެވެ.މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 17.54ރ. އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ