މިއަދާއި މާދަމާ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއީ ހޫނުގަދަ ދުވަސްވަރެއް ނަމަވެސް، ކެރީގެ އަސަރު މިހާރު ދޭތެރެ ދޭތެރެއިން ކުރެ އެވެ. ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް މިދިޔަ ހަފުތާގައި ބޯކޮށް ވާރޭ ވެހުނެވެ.
ތަފްސީލް - މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ދެމިގެންދާނެ ކަމަށް އެ ތަނުން ބުންޏެވެ.
"ހުކުރުގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން ކެރި އަންނާނެ ކަމަށް މި ބަލަނީ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ތަނުން ބުނި ގޮތުގައި:
ހުކުރު ދުވަހުގެ ފަހުން ވެސް ކަނޑުތައް ގަދަވާނެ
ކުރިއަށް އޮތް 24 ގަޑިއިރު 30 މޭލަށް ވައި ޖެހޭނެ
މިއަދާއި މާދަމާ އޮތީ ވިއްސާރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ