އިންޑިއާގެ މަނިޕާލް ހޮސްޕިޓަލްސްއަށް އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދާ މަނިޕާލް ހޮސްޕިޓަލްސްއަށް އާސަންދަ ހިދުމަތް މެދުކަނޑާލީ ހިދުމަތުގެ އަގު މާ ބޮޑު ކަމަށް ބުނެ، ޖުލައި 2024 ގައެވެ.
ތަފްސީލު - އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ މަނިޕާލް ހޮސްޕިޓަލަށް އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ބައެއް ނޫސްތަކުން އޭނާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އާސަންދައިން އަލުން ހިދުމަތް ދޭން ފެށީ މަނިޕާލުން ހިދުމަތުގެ އަގު ކުޑަކުރުމުންނެވެ.
އާސަންދައިގެ ހިދުމަތް ލިބޭ ރާއްޖެއިން ބޭރު ތަންތަނުގެ ލިސްޓުގައި ވެސް މަނިޕާލްގެ ހޮސްޕިޓަލްތައް ލިސްޓުކޮށްފައިވަނީ ހިދުމަތް ލިބޭނެ ކަމަށެވެ.
މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ