ހިދުމަތްތެރިޔާ ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ

ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ އެވެ.
މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ހާއްސަކޮށް، ށ.އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވެސް ބޮޑު ހިދުމަތްތެރި އެކެވެ.
އެގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވެ އެވެ. އަދި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ.
ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން އެދި ދުއާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ