ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ތޫނު އިތާތަކެއް؛ ސަމާލުވޭ

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ޕެން ކްލޭމްސް ނުވަތަ ފަޔަށް ގެއްލުންވެދާނެ ފަދަ ތޫނު އިތާ ވަޅުލެވިފައި ހުރިކަން ފާހަގަކުރެވިއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ސަރަހައްދުގައި ތޫނު އިތާތަކެއް ވަޅުލެވިފައި ހުރިކަން ފާހަގަކުރެވިގެން، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތޮފާ ވަނީ މޫދަށް އެރި އުޅޭއިރު ފައި ހަލާކުވުން ފަދަ ކަމެއް ދިމާވެދާނެތީ ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ތަފްސީލް - މުސްތޮފާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، އޭނާ އެ ސަރަހައްދަށް ފީނަނިކޮށް އެތަނުގެ މޫދުން އިތާ ވަޅުލެވިފައި ހުރިކަން ފާހަގަކުރެވުނު ސަރަހައްދު ވަނީ ފާހަގަކުރައްވާފަ އެވެ. އެއީ: 
ރަސްފަންނުގައި ހުންނަ ޕެވިލިއަންއާ ދިމާލުން އެއްގަމު ތޮށިގަނޑާ ހަމައަށް
ޕެވިލިއަން ކައިރީ މޫދުގައި އެ އެއްޗެހި ހުރީ މޫދު އަޑިން، ކުޑަ ތަންކޮޅެއް ވެލިގަނޑު މައްޗަށް އަރާފައި ކަމަށާއި އެފަދަ އެއްޗަކަށް ފައިން އެރިއްޖެ ނަމަ ފައި ހަލާކުވުން ފަދަ ކަމެއް ދިމާވެދާނެކަމަށް މުސްތޮފާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އެ ސަރަހައްދަކީ ހިކި ދިޔައިގައި އާންމުކޮށް ހިނގާފައި މީހުން މޫދުގައި އުޅޭ ސަރަހައްދަކަށްވާތީ ހުސްފަޔާ އުޅޭއިތު އިތުރަށް ސަމާލުވާން ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ތޫނު އިތާގެ އެތެރޭގައި އިންނަ މަސްކޮޅަކީ މީރު އެއްޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ